ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްގެ ދަށުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް މިއަދު ދޫކުރަން ފަށާފައިވާއިރު ގިނަ ބަޔަކު މަސްދަޅު ކޭސް ހޯދަން ކިއުގައި ޖެހިއްޖެއެވެ.

އެސްޓީއޯ މެދުވެރިކޮށް މިރޭ 8:30 އިން ފެށިގެން މަސްދަޅު ދޫކުރަން ފަށާފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިން ކައިރި އާއި މާލޭގައި ހުންނަ މިފްކޯ މަސް ފިހާރަ ކައިރީ ވަނީ ދިގު ކިއުތަކެއް ހަދާފައެވެ.

މިރޭ 11 ޖަހަންދެން މަސްދަޅު ދޫކުރަން ހަމަޖެހިފައިވާއިރު މަސްދަޅު ކޭސްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭ މިފްކޯގެ އޮފީސް ހުންނަ ސަރަހައްދާއި އެމްޓީސީސީ ސޯމިލް، ވިލިމާލޭ ވެމްކޯ ސައިޓް، ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލޭ ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރުގައެވެ.

މިރޭ ގިނަބަޔަކު ކިއުހެދި އެއް ސަބަބުގެ ގޮތުގައި ފާހަގަ ކުރެވެނީ މާދަމާއަކީ ހުކުރު ދުވަސްކަމުން މާދަމާ މަސްދަޅުކޭސް ބެހުން ނޯންނާނެތީއެވެ.

ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުގެ ހަރަދުގައި ހަދިޔާކުރަން ރައީސް ނިންމެވުމުން ގިނަ ބަޔަކު އެކަން ފާހަގަކުރިނަމަވެސް، ދިގުކިއުތައް ހަދަން ޖެހުމުން ގިނަ ބަޔަކު މިހާރުދަނީ އެ ނޫންގޮތަކަށް އެކަން އިންތިޒާމު ކުރެވެންވާނެކަމަށްބުނެ މީސްމީޑިއާގައި ފާޑުކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން