ސަރުކާރުން ހިލޭ ދޫކުރާ މަސްދަޅު ހޯދަން ކިޔޫގައި ތިބެންޖެހޭ ވަގުތު ކުޑަކުރެވޭނެ ކަންކަން ބަލައި ފިޔަވަޅުތަށް އަޅާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ބަހަން ނިންމާފައިވާ މަސްދަޅު ކޭސް މިރޭ ދޫކުރަން ފަށާފައިވާއިރު ގިނަ ބަޔަކު މަސްދަޅު ކޭސް ހޯދަން ކިއުގައި ޖެހިފައިވެއެވެ. އެސްޓީއޯ މެދުވެރިކޮށް ރޭ 8:30 އިން ފެށިގެން މަސްދަޅު ދޫކުރަން ފަށާފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިން ކައިރި އާއި މާލޭގައި ހުންނަ މިފްކޯ މަސް ފިހާރަ ކައިރީ ވަނީ ދިގު ކިއުތަކެއް ހަދާފައެވެ.
މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށުމާ އެކު ކިޔޫގައި ރޭ ގިނަ ބަޔަކު ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ރޭގެ ކިޔޫ ހުސްވަންދެން މަސްދަޅު ބެހުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ފެބްރުއަރީ 28، ގެ ނިޔަލަށް މަސްދަޅު ބެހުން ކުރިއަށް ގެންދާނެކަން އިއުލާންކުރި ނަމަވެސް، އެ މުއްދަތަށް ފަހު ވެސް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. މަސްދަޅު ކިޔޫގައި ތިބެންޖެހޭ ވަގުތު ކުޑަ ކުރުމަށް ކުރެވޭނެ ކަންކަން ބަލައި، އެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ މާލޭ މިފްކޯގެ އޮފީސް ހުންނަ ސަރަހައްދާއި އެމްޓީސީސީ ސޯމިލް، ވިލިމާލޭ ވެމްކޯ ސައިޓް، ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލޭ ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު