ރައީސް މުއިއްޒު--
ރައީސް މުއިއްޒު--
ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހި ދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއް ވެސް ގުޅިފައި ވަނީ ދިވެހި ބަހާ ކަމަށެވެ.

އެއާއެކު މާޒީ އާއި މިއަދު އަދި މާދަމާ ވެސް، ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުކުރެއްވުމަށް ކަމަށެވެ.

އަދި އެހެން ބަސްބަހާއި އިލްމުތަކަށް އިސްކަންދޭ ފަދައިން ދިވެހި ބަހަށް ލޯބިކޮށް ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަަށް ވެސް ރައީސް މުއިއްޒު އިލްތިމާސްކުރައްވާފައި ވެއެވެ.

ހަމަ އެހެންމެ އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވެވޭނެކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން