އައްޑޫގައި އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭ އިން ބުނީ 2025 ފެބްރުވަރީ 21ވަނަ ދުވަހު ފަތިހު ސ. ހިތަދޫ ”ގާރލޭންޑް“ ގޭަގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ކައުންސިލާއި ގުޅިގެން ފޯރުކޮށްދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ އާއިލީ ގެއެކެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 05:11 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން،ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 ހާއިރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން