ޑިޖިޓަލް ދުނިޔޭގައި ދިވެހި ބަސް ވަރުގަދަކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މާރިޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހާއި ގުޅިގެން ދެއްވި އިންޓަވިއުއެއްގައެވެ. އެކަމަނާ ވިދާޅުވީ މާދަރީބަހަކީ ހަމައެކަނި މުވާސަލާތުކުރުމުގެ ވަސީލަތެއް ނޫން ކަމަށާއި އޭގެ ސަބަބުން އަމިއްލަވަންތަކަމާއި، ސަގާފަތާއި، ވިސްނުމުގެ ގޮތްތައް އުފެދިގެންދާ ކަމަށެވެ.
ރާއްޖޭގައި، ދިވެހިބަސް ޤައުމީ މައިގަނޑު ބިންގާކަމުގައި ދެމިއޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، އެހެނިހެން ބަސްތަކުގެ ނުފޫޒުގެ ސަބަބުން ދިވެހިބަސް ބޭނުންކުރުމާއި ތަރައްޤީކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ތަޢުލީމީ ދާއިރާއާއި، ދިރާސާތަކާއި، ޑިޖިޓަލް ދުނިޔޭގައި ދިވެހިބަސް ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރުމަށް ހިތްވަރުދެއްވާ ކަމަށެވެ. އަދި މީގެއިތުރުން ދުނިޔެއާ ގުޅުން ބަދަހިކުރުމަށްޓަކައި ފަސޭހައިން އެކި ބަސްތަކުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމަށްވެސް ބާރުއަޅާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރަށް އެކަމަނާ ވިދާޅުވީ ބަހުގެ ސިޔާސަތުތަކުން އެއްފަރާތުން ބަސް ރައްކާތެރިކުރުމަށާއި އަނެއްފަރާތުން ބަދަލުވަމުންދާ ޒަމާނަށް ފެތޭގޮތަށް ބަސް ބަދަލުކުރުމަށް މަގުފަހިކުރަންޖެހޭކަމަށެވެ. އަދި ކުރިއަށްއޮތް ޖީލުތަކަށް އެމީހުންގެ ބަހުގެ އާދަކާދަތަކުގައި ބިންގާ ވަރުގަދަކޮށް، އިންޓަނެޓްގެ ޒަރިއްޔާއިން ގުޅިފައިވާ މި ދުނިޔާއެކު ވެސް ކުރިއަށްދިއުމުގެ ފުރުޞަތު ލިބިގެންދާނެ ކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު