ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ތަފާތު އެކިކަހަލަ ވަސީލަތްތައް ކުޑަ ބޮޑު އެންމެންވެސް ބޭނުން ކުރެއެވެ. އަދި ކުޑަކުދިން ގޭމުގެ ދުނިޔެއަށް ތައާރަފްވެ، ގޭމު ކުޅުމަށް ދެވިހިފާވަރުވެސް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ތަފާތު އެކި މައްސަލަތައް ދިމާވެއެވެ.
އެގޮތުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މިކަމުގެ ސަބަބުން އެކުދިންގެ އިޖްތިމާއީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރުމެވެ. ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރާ ކުދިން އެހެން މީހުންނާ ބައްދަލުވެ، ވާހަކަދައްކައި، ގުޅުން ބަދަހިކުރުމަށް ވަގުތު ހޭދައެއް ނުކުރެއެވެ. މީގެ ސަބަބުން އެކުދިންގެ އިޖްތިމާއީ ހުނަރުތައް ތަރައްގީވުމަށް ހުރަސްއެޅެއެވެ.
ގޭމު ކުޅުމަށް ދެވިހިފާފައިވާ ކުދިންނަށް ޖިސްމާނީ ގޮތުންވެސް ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. މިފަދަ ކުދިންނަކީ ހެލިފެލިވެ އުޅެ ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވާ ކުދިންނެއް ނޫނެވެ. މިކަމުގެ ސަބަބުން އެކުދިންގެ ހަށިގަނޑު ބަލިކަށިވެ، ލޮލަށް އަސަރުކޮށް، ކުއްޖާ މާ ބޮޑަށް ފަލަވެ، ބުރަކަށީގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެއެވެ.
މީގެ އިތުރުން ގޭމް ކުޅުމަށް ދެވިހިފާފައިވާނަމަ އޭގެ ސަބަބުން އެކުދިންގެ އުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މިސާލަކަށް، އަވަހަށް ރުޅިއައުން، ކެތްތެރިކަން ކުޑަވުން، އަދި އެހެން މީހުންނާ މުއާމަލާތްކުރުމުގައި އުނދަގޫތަކެއް ހުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން އެކުދިން ގަނާގެ ޝިކާރައަކަށް ވާ ފަހަރުވެސް އާދެއެވެ.
ގޭމު ކުޅުމަށް ދެވިހިފުމަކީ ކުދިންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން މިކަންކަމުންވެސް އެނގެއެވެ. ވީމާ ކުދިންނަށް ހަރުދަނާ އާދަތައް ދަސްކޮށްދީ، ގޭމުގެ ދުނިޔެއާ އެކުދިން ދުރުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު