މިއަހަރުގެ އެޕްރިލް މަހުގެތެރޭގައި ރާއްޖެއަށް ސޯލާ ފެރީ ގެންނަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
2022 ގައި ދިވެހި ސަރުކާރުން އޯޑަރު ކުރި މި ފެރީ ތަކަކީ ރާއްޖޭގައި ބޭނުން ކުރަން އުފައްދާ ސޯލާ ފެރީ ތަކެކެވެ. އޭރު ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އިން ދުވާ ގޮތަށް ބަންނަ މި ފެރީ އަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނަޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެޑިޝަނަލް ފައިނޭންސިންގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 2022 ގެ ޖޫން މަހުގެ ތެރޭގައި ސޯލާ ފެރީ ބަނުމަށް ބީލަމަށް ލުމުން އެ ބީލަން ކާމިޔާބުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ނަވަލްޓް އިންނެވެ.
ނަވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންޑަޝެރީއާ ހަވާލާދީ އިންޑިއާގެ ބައެެއް ނޫސްތަކުން ބުނެފައި ވަނީ އެ ފެރީގެ މައިގަނޑު ސްޓްރަކްޗާ ނިމި، އިންޓީރިއާ އާއި ކުލަ ލުމުމުގެ މަސައްކަތް އަންނަ މަހަށް ނިންމާލެވޭނެ ކަމަށެވެ. އެހެންވެ އެޕްރީލް މަހުގެ ތެރޭގައި އެ ފެރީ ރާއްޖެ ގެނެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ގެންނަ މި ސޯލާ ފެރީ ބަނދެފައި ވަނީ 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކަކާ އެކު 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޮޓޯ ހަރުކޮށް، 25 ކިލޯވޮޓްގެ ސޯލާ ޕެނަލް ފެރީގެ މަތީގައި ހިމެނޭ ގޮތަށެވެ.
ދިގު މިނުގައި 26 މީޓަރު ހުންނަ މި ފެރީގެ ފުޅާ މިނުގައި ހުންނަނީ ހަތް މީޓަރެވެ.

ކިޔުންތެރިންގެ ހިޔާލު