މިދިޔަ އަހަރު ގްރީން ފަންޑުން 645 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓްގައިވާ ގޮތުން މިދިޔަ މަސް ފެށުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. އެ ފަންޑަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ޖަމާކުރި އިރު އެ މުއްދަތުގައި އެ ފަންޑުން 645 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑްގައި 1.6 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

2016 ވަނަ އަހަރު ނަގަން ފެށި ގްރީން ޓެކްސް އަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ.

މިއީ ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިކަމުގެ އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން