ހުޅުމާލޭ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެއެވެ.
ފުލުހުން ދެންމެބުނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު މިރޭ ކާނާ ވިހަވެގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގެ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އިމިގްރޭޝަނުން ދެންމެ ބުނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެ ތަނުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ދެމުން ދާކަމަށާއި އެގޮތުން 17 މީހަކަށް މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ.
އަދި އިމިގްރޭޝަނުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ އެ މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމަށްކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު