އަތޮޅު ކައުންސިލަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. އުނގޫފާރަށް ނިސްބަތްވާ އެރަށު ނަސީމީހިޔާ، މުހައްމަދު ވަހީދު، 67އ ، އާއި އެ ރަށު ރިވެލި، މުހައްމަދު އަމްޖަދު، 61އ، އެވެ.
މިދެ މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ 21 ގަ އެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން ފަހަކަށް އައިސް ސިހުރާ ގުޅޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ތ. ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެ، މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ވިލުފުށި، ރޭނިގޭ މުޙައްމަދު ޢަބްދުލް ޤާދިރު، 66، އެވެ.
މިދިޔަ ހަފުތާގައި ކުޅުދުއްފުށީގެ އަށް ގެއަކުން ސިހުރު ހަދަން ބޭނުންކުރަ ތަކެތި ހޯދާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު