ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ސުވިޒަލޭންޑަށް ފުރާވަޑައިގެންފިއެވެ.
މިކަން ހާމަކޮށް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅަކީ ސުވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން ހިއުމަން ރައިޓްސް ކައުންސިލްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޖެނެރަލް ޑިބޭޓުގައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ހައި-ލެވެލް މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަން ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން މާޗު މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. މިފަހަރު ސެޝަންގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމުގެ ތެރޭގައި މަރުގެ އަދަބު ދިނުމާއި ގަތުލުއާންމުތައް ހުއްޓުވުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކުރުމާ ބެހޭ މަޝްވަރާތައް ހިމެނެއެވެ.
ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އެކި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގޮތްޕެކެވެ. މިއީ މި ކައުންސިލްގެ މެމްބަރުކަން ރާއްޖެއިން އަދާ ކުރާ ތިން ވަނަ ފަހަރެވެ.

Arrived in Geneva, Switzerland to participate in the High-level Segment of the 58th Session of the @UN_HRC.
— Abdulla Khaleel (@abkhaleel) February 23, 2025
I will be speaking at the High-level General Debate and will be participating in several high-level discussions.
I also look forward to interacting with my colleagues…
ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަން ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން މާޗު މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. މިފަހަރު ސެޝަންގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމުގެ ތެރޭގައި މަރުގެ އަދަބު ދިނުމާއި ގަތުލުއާންމުތައް ހުއްޓުވުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކުރުމާ ބެހޭ މަޝްވަރާތައް ހިމެނެއެވެ.
ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އެކި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގޮތްޕެކެވެ. މިއީ މި ކައުންސިލްގެ މެމްބަރުކަން ރާއްޖެއިން އަދާ ކުރާ ތިން ވަނަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު