މަރްޔަމް ނަހްދާ ވަޙީދު   23 ފެބްރުއަރީ 2025 - 17:1
ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު އައްޔަނު ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު އައްޔަނު ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ގއ. ވިލިނގިލި ވައިޖެހޭގެ ޔަޒްމީދު މުޙައްމަދު އައްޔަނު ކުރައްވައިފިއެވެ.

މި މަގާމަށް ޔަޒްމީދު އައްޔަނު ކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޔަޒްމީދު މުހައްމަދު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރަށްވާފައެވެ. ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްފާޟިލް ޔަޒްމީދު މުހައްމަދުއާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި މަގާމަށް ޔަޒްމީދު އައްޔަނު ކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމުން ރ.އިނގުރައިދޫ، ހިތްވަރު އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހުގައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ދަށު ކޯޓު ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން