މިއަހަރު ވެސް ރަަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން އިއުލާންކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ރައްޔިތުންނާއި މިރޭ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ރޯދަ މަހާ އެއްގޮތަށް މިފަހަރު ވެސް ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.
ރައީސް މިރޭ ވިދާޅުވީ ކޮންމެ ގެއަކަށް ބަހާ މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދަކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއް ހުރި ވާހަކަ އެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ރަަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލުންނޭ އެބައި އަތުލާނީ މި ބިރު އުފައްދަނީ މިހާރު، އަޅުގަނޑު މި ވާހަކަ ކުރިން ވެސް ވާނީ ދަންނަވާފައި މިދިޔަ އަހަރުގެ 8 ޑިސެންބަރު އަޅުގަނޑު އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރަމުން އެޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރީގެ ރަަމަޟާން މަހު ދިންގޮތަށް މިފަހަރުވެސް ރަަމަޟާން މަހު ފެންބިލާއި ކަރަންޓު ބިލުން އަޅުގަނޑުމެން ދޭނަމޭ ހަމައެކަން އެގޮތަށް ކުރިއަށް ގެންދާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ބަހާ މަސްދަަޅު ކޭހާއި ގުޅިގެން ކަންކަން އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށާއި ދޮގު ހެދުމުން އެއީ ދޮގެއްކަން ދެނެގަތުމަކީ އެފަދަ ވާހަކަތައް އަޑުއަހާ މީހެއްގެ ޒިންމާއެއް ކަމަށެވެ. އަދި މީހަކު ދައްކާހާ ވާހަކައެއް ބަލާލުމެއް ނެތި ގަބޫލުކުރުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި އިވޭ ވާހަކަތަކުގެ ތެދު ދޮގު ބަލާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރަަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަން ރައީސް އިއުލާން ކުރަށްވާފައިވާއިރު ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސް ދަޅު ކޭހެއް ދިނުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު