ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ސަރުކާރުން ކުރާ މަސައްކަތަކީ މުޅި ޖުޑިޝަރީގެ މިނިވަން ކަމަށް ދޭ ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށެވެ. އަދި މި ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށައެޅި ބިލަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅުމަކީ ޑިމޮކްރަސީއަށް އަމަލު ކުރާ މިނިވަން ޖުޑީޝަރީއެއް އޮތް ގައުމެއްގެ ގޮތުގައި އޮވެ ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ. ފައްޔާޒު ވަނީ އެކަމާއި ދެކޮޅަށް މުޅި ޖުޑިޝަރީން އިހުތިޖާޖް ކުރުމަށް ގޮވާލައްވާފައެވެ.
"ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާ ތެދުވުމަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސަރުކާރުގެ އަމަލުތައް މިހާރު ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާއި ހަމަޔަށް ކަންކަން ގެންދަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު