އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރޭވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންގައިފިއެވެ.
އެ ހޮސްޕިޓަލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ އައްޑޫގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއް ކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާފައި ވާކަމަށެވެ.
އެގޮތުން ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ މިހާތަނަށް އެކަނިވެސް ޑެންގީގެ ހަތަރު ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ މަހު 3 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ޑެންގީގެ އެއް ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއީ ފުރާނައަށް ނުރައްކާތެރި ބައްޔަކަށްވާތީ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދުތަކެއް ވެސް ހޮސްޕިޓަލުން ވަނީ ދީފައެވެ.
އެގޮތުން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ހުން ދަށްކުރުމަށް ހަމައެކަނި ޕެނެޑޯލް ނުވަތަ ޕެރެސެޓެމޯލް ބޭނުންކުރުމަށާއި، ގިނައިން ފެންފަދަ ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން ދެމިގެންދާނަމަ، ޞިއްޙީ ފަރުވާ ހޯދުމަށް ހޮސްޕިޓަލުން ވަނީ ލަފާދީފައެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ހުމެކެވެ. ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގައި ރިއްސުން، ހަމުގައި ކުދިކުދި ރަތް ބިހި ނެގުން، ބޮލުގައި ރިއްސުން، ގައިގައި ރިއްސުން އަދި ހުންއައުން ހިމެނެއެވެ.

— Addu Equatorial Hospital (@aeh_mv) February 24, 2025
ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ހުމެކެވެ. ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގައި ރިއްސުން، ހަމުގައި ކުދިކުދި ރަތް ބިހި ނެގުން، ބޮލުގައި ރިއްސުން، ގައިގައި ރިއްސުން އަދި ހުންއައުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު