ފްލެޓަކަށް ވަދެ ވަޅިން ބިރު ދައްކައިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 11 ޖަހަން އުޅެނިކޮށް ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ވަޅިން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ރިޕޯޓްކުރި ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އައްޑޫ ސިޓީ މަރަދޫ, މުހައްމަދު ލުބާން ގައްހާރު (26އަހަރު) އެވެ.
އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު