ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ އަދި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ ނަމުގައި ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވާން ޖުމްހޫރީ ޕާޓީން އަންގައިފިއެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭކް އެކައުންޓުތަކެއް ހަދައިގެން ސްކޭމްތަކެއް ހިންގަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އެކައުންޓުތައް މެދުވެރިކޮށް އާންމުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ.
އެ ޕާޓީން ބުނެފައިވަނީ މިފަދަ އެކައުންޓުތައް ހިންގާ ފަރާތްތަކުން އެކަން ކުރަމުންދަނީ ނަހުލާގެ އަސްލު އެކައުންޓުތަކުގައި ހުންނަ ފޮޓޯތަކާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން މީހުންނަށް ވަރަށް އޮޅުވާލެވޭފަދަ ގޮތަކަށް ކަމަށެވެ.
ވީމާ ނަހުލާގެ ނަމުގައި ލިބޭ މެސެޖުތަކުގައިވާ ލިންކުތަކާއި އިރުޝާދުތަކަށް އަމަލު ނުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.
އަދި ނަހުލާގެ އަސްލު އެކައުންޓުތަކަކީ ވެރިފައި ކުރެވިފައިވާ އެކައުންޓްތަކެއް ކަމަށާއި، ނަކަލު އެކައުންޓްތަކުގައި މި ނިޝާން ނުހުންނާނެ ކަން އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.
އެ ޕާޓީން ބުނީ މިހާރު މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު