ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 'މައުމޫން ފައުންޑޭޝަން" އިން މި އަހަރު ވެސް ޖަލްސާތައް ބާއްވަން ނިންމައިފި އެވެ.
މައުމޫން ފައުންޑޭޝަންގެ ފުރަތަމަ އިހްޔާ ޖަލްސާ އޮންނާނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. އެ ރޭގެ ޖަލްސާގައި ރައީސް މައުމޫން ތަގުރީރު ކުުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ އިހްޔާ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.
ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިހްޔާ ފޯރަމް ބާއްވަން ފަށާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައެވެ. އަދި އޭގެ ފަހުން މިއަދާ ޖެހެންދެން ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން މި ފޯރަމް ކުރިއަށް ގެންދެ އެވެ. އެގޮތުން އިހްޔާ ޖަލްސާތައް ކުރިން މާލޭގައި އެކަނި ބާއްވަމުން އައި ނަމަވެސް މިހާރު އެކަން ފުޅާކޮށް، އިހްޔާ ފޯރަމް އަންނަނީ އެހެން ރަށްރަށުގައި ވެސް ބާއްވަމުންނެވެ.
މި އަހަރު މާލެއާ އެކު ހަތް ރަށެއްގައި އިހްޔާ ފޯރަމް އޮންނާނެ އެވެެ.
މި އަހަރުގެ އިހްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ. އޭގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ކިޔުންތެރިންގެ ހިޔާލު