ކޮންމެ އިންސާނަކަށްވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އެހެންނަމަވެސް ހިޔާލު ފާޅުކުރުމުގެ ތެރެއިން ބައިބައިވުން އުފެދިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން މި ރަމަޟާން މަހު ފުރަތަމަ ބޭއްވި ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.
ރޭ ބޭއްވި އިހްޔާ ފޯރަމުގައި ރައީސް މައުމޫން ތަޤްރީރުކުރެއްވީ "އިސްލާމްދީނުގެ ވަރުގަދަ އަސާސް" މި މައުޟޫއަށެވެ. މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ އިސްލާމްދީނުގެ ރުކުންތަކުގެ މުހިއްމުކަމާއި އެކަމުގެ މާތްކަމުގެ މައްޗަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އަދި އިސްލާމް ދީނަކީ ހިޔާލުފާޅު ކުރުމުގެ އުސޫލުތަކަށް ތާއީދުކުރާ ދީނެއްކަން ފާހަގަ ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ހިޔާލު ފާޅުކުރުން އޮތްނަމަވެސް ހިތުގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށެވެ. އަދި އެންމެންވެސް ތިބެންޖެހޭނީ އަޚުންތަކެއްގެ ގޮތުގައި ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައި ވެއެވެ. އަދި އޭގެ ފަހުންވެސް އެމަނިކުފާނު ކޮންމެ އަހަރެއްގެވެސް ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަވަމުން ގެންދަވައެވެ

ކިޔުންތެރިންގެ ހިޔާލު