ދިވެހީން ހެޔޮނުބައި ކަނޑައަޅާން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހީން ދެކެނީ އަދި ގަބޫލުކުރާ ޙައްޤު ގޮތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ކަމާއި އިސްލާމް ދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގުކަމަށެވެ. އެހެންކަމުން، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
"ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިޞްލާޙުކުރުމެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
އަގީދާއަށް އައި ބަދަލާއެކު ވަހުމުތައް ދޫކޮށް އެއްކައުވަންތަ ﷲއަށް ވަކީލުކުރަން ފަށައި އެކި ނަންނަމުގައި އިންސާނުން ގުރުބާން ކުރަމުން އައި އައުން ވެސް ނިމުމަކަށް ގެނައި ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ފަސް ވަގުތު ނަަމާދުކޮށް ވެރީންނަށް އިހުތިރާމްކޮށް އަމާނާތްތެރިކަން އާންމުވެގެން ދިޔަކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާޙުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުޙީބުދެމުން ކުރިޔަށް ދާނެއެވެ." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު