ބަނޑުގައި ވައި ހެދި ގޭސްޓްރިކު ވުމުން ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ އެރިސްޓޯ ޕެންޓޮޕް ނަމަކަށް ކިޔާ 40 އެމްޖީގެ އިންޖެކްޝަންގެ މި ބެޗްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާ ކޮށްފައިވާ ކަމަށެވެ.
އަދި އެއްވެސް ބޭސް ފިހާރައެއްގައި ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި މި އިންޖެކްޝަން ހުރިނަމަ، އެމްއެފްޑީއޭއާ ހިއްސާކޮށް، ބޭސް ނައްތާލުމުގެ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން އެމްއެފްޑީއޭއިން ބުނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައި ވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު