ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުުގައި އެކުލަވާލާފައިވާ ކޮމެޓީގަައި ހިމެނޭ އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ކޮމެޓީން އިސްތިއުފާ ދެއްވައިފިއެވެ.

އުޝާމް ބައެއް ނޫސްތަކަށް މިކަން ކަށަވަރު ކޮށްދެއްވާފައިވާއިރު، ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އަޒްމިރަލްދާއަށް ވެސް އިންސާފުވެރި ގޮތެއްގައި މައްސަލަ ބެލުމަށް ޖާގަ ދެއްވުމުގެ ގޮތުން ކަމަށެވެ.

އުޝާމް ޖޭއެސްސީގެ ކޮމެޓީން އިސްތިއުފާ ދެއްވިއިރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމްވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ކަންކަން އެންމެބޮޑަށް ކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށް ވިދާޅުވެފައެވެ.

އެގޮތުން، އުޝާމް ހިއްސާކުރެއްވި ތަފާސްހިސާބުން ފެންނަ ގޮތުން ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު އަށް ފަނޑިޔާރުން ވަކިކޮށް 12 ފަނޑިޔާރުން ސަސްޕެންޑްކުރި އެވެ. އަދި އެެހެނިހެން މައްސަލަތަކާއެކު ޖުމްލަ 56 ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅިއެވެ.

އެހެން ނަމަވެސް މި ސަރުކާރުން އެއްވެސް ފަނޑިޔާރަކު މިހާތަނަށް ވަކިކޮށްފައިނުވާ އިރު ސަސްޕެންޑްކޮށްފައިވަނީ އެންމެ ތިން ފަނޑިޔާރުންނެވެ. އަދި އެެހެނިހެން މައްސަލަތަކާއެކު ފިޔަވަޅު އެޅީ އެންމެ ފަސް ފަނޑިޔާރުންނަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސްލޫކީވުން” ނިމުމަކަށް ގެނައީ ވެސް މި ސަރުކާރު އައުމަށް ފަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން