މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ތެރެއިން، ފޮޓޯ: ގޫގުލް
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ތެރެއިން، ފޮޓޯ: ގޫގުލް
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މިމަހުގެ 11 ގެ ފަހުން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ މިހާތަނަށް އައި އިރު މާލެ ސަރަހައްދުގައި 48،000 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިރެއާއި މާދަމާ (10 މާރޗު) ރޭ މިހާރެކޭ އެއްފަދައިން ރޯދަ ހަދިޔާ ބެހުމަށް ހާއްސަ ކޮށްފައިވާ މަރުކަޒުތަކުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ.

އަދި މިހާރު ގިނަ އަދަދެއްގެ މީހުންނަށް ރޯދަ ހަދިޔަ ދޫކުރެވިފައިވާތީ، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި މިމަހު 11 އިން ފެށިގެން މަސްދަޅު ކޭސް ބަހާ މަރުކަޒުތައް ބަދަލުވީ ނަމަވެސް، މަސްދަޅުކޭސް ދޫކުރުން ކުރިއަށް ދާނީ މިހާރެކޭވެސް އެއްފަދައިން އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މަސްދަޅުކޭސް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން