މިހިނގާ ރަމަޞާން މަހުގައި އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ އިހުޔާ ޕްރޮގްރާމްގެ އެންމެ ފަހު ފޯރަމް ރޭ ބާއްވައިފިއެވެ.
އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ކޮންމެ އަހަރަކުވެސް އައްޑޫގެ ހުރިހާ ރަށެއްގައި ބާއްވަމުންދާ މި އިހުޔާ ފޯރަމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދާކަން ފާހަގަ ކުރެވެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިހުޔާ ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ލިބިގެންދިޔަކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ފޯރަމްގައި 43 ފަރާތްތަކަށް ވަނީ އިނާމު ލިބިފައެވެ.
"ދަރުމަ ފޯރަމް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ ފަސް ފޯރަމް ވަނީ ބާއްވާފަ އެވެ. މިފަހަރުގެ ފޯރަމްތަކުން އެންމެ ބޮޑު އިނާމަކަށް ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އުމްރާ ދަތުރު ލިބިގެން ދިޔައެވެ.
މިފަހަރުގެ ޕްރޮފްރާމުގައި ގިނަ ސްޕޮންސަރުންވެސް ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.
މި ފޯރަމްތަކުގެ ތެރެއިން ލިބޭ ބޮޑު އިނާމަކީ ދަ ޓްރެވެލާ އިން ދޭ އުމްރާ ދަތުރެވެ. އަދި ހުޅުދޫގައި ބޭއްވި ފޯރަމުން ގުރުއަތުން ހޮވުނު ފަރާތައްވެސް އުމްރާ ދަތުރެއް ވަނީ ލިބިފައެވެ. ހުޅުމީދޫ ފޯރަމް އަށް ސްޕޮންސާ ދެއްވީ ހުޅުމީދޫގެ އެމްޕީ ޝާޑް އެވެ.
ގުޅިފައިވާ ތިން ރަށުން އެއްވަނަ އިނާމު މަލަޑިވާ ބީޗުން ކަނޑައަޅާފައިވާއިރު ކޮންމެ ފޯރަމެއްގައިވެސް ބޭންކް އޮފް މޯލްޑްވިސް އިން 13 ފަރާތަކަށް ގިފްޓް ކާޑު ވަނީ ދީފައެވެ.
އަދި ދިރާގުން ކޮންމެ ރެއަކުވެސް ދިހަ ފަރާތަކަށް ފަސް ޖީބީގެ ޑޭޓާ ދީފައިވާއިރު އިސްލާމިކް ބޭންކުން ވަނީ ކޮންމެ ފޯރަމެއްގައި ފަސް ފަރާތަކަށް ފައިސާގެ އިނާމު ދީފައެވެ.
މި ހަރަކާތަށް އަމިއްލަ ފަރުދުންގެ ގޮތުގައި ސްޕޮންސަރ ދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު، ކައުންސިލަރުން، އަދި އަމިއްލަ ވިޔަފާރިވެރިންނެވެ.
މި ފޯރަމްތައް ބާއްވާފައި ވަނީ އައްޑޫގެ ސްކޫލްތަކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ސްކޫލް، މަރަދޫ އިރުޝާދިއްޔާ ސްކޫލް، ފޭދޫ ސްކޫލް، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އަދި ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލެވެ.
ފާއިތުވި އަހަރުވެސް މިފަދަ ޕްރޮގްރާމެއް އައްޑޫގައި ބާއްވާފައިވާއިރު އެ ޕްރޮގްރާމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު