ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ހަކަތަ ދައްވެ، ވަރުބަލިކަން އިހުސާސްކުރެވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިކަން މިހެން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ރޯދަ ހިފަން ހާރު ކާ ގަޑީގައި ރަނގަޅަށް ނުކާތީއެވެ. ނުވަތަ އެއްވެސް ގޮތަކަށް ހާރު ނުކާތީއެވެ. ރޯދައަށް ހުންނަ އިރު މާ ބޮޑަށް ވަރުބަލިކަން އިހުސާސްކުރެވޭނަމަ ތިރީގައި މިވާ ކަންތައްތަކަށް ސަމާލު ވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރަނގަަޅަށް ހާރު ކެއުން
ހާރު ނުކައި ރޯދަ ހިފުމަކީ ވަރަށް ގިނަ ޒުވާނުން ކުރާ ކަމެކެވެ. ނިދި ހަރާބުވެދާނެތީ ނުވަތަ އެނޫންވެސް ސަބަަބަކާ ހުރެ، ހާރު ނުކައި ދޫކޮށްލާނަމަ އޭގެ ސަބަބުން އެމީހަކަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑުވެއެވެ. އެގޮތުން ބަލާއިރު މުޅި ދުވަހު ބަނޑުހައިވުމާއި ވަރުބަލިކަން އިހުސާސް ކުރެވުމަކީ ހާރު ނުކާނަމަ ދިމާވެދާނެ ކަމެކެވެ. އެހެންވެ، ފައިދާހުރި ކާނާގެ ބާވަތްތައް އެކުލެވޭހެން ހާރު ކެއުމަށް ސަމާލު ވުމަކީ މުހިންމު ކަމެކެވެ.
ގިނައިން ފެން ބުއިން
ރޯދައަށް ހުންނަ ގަޑި ނޫން އެހެން ގަޑިތަކުގައި ރަނގަަޅަށް ފެންބޮއެ މީހާ ހައިޑްރޭޓު ވެގެން ހުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ފެން ނުބޯނަމަ މީހާ ޑީހައިޑްރޭޓުވެ، އޭގެ ސަބަބުން މީހާ ވަރުބަލިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފެން ނުބޯނަމަ ސިއްހީ އެހެން މައްސަލަތައްވެސް ދިމާވެދާނެއެވެ. ވީމާ މިކަމަށް ސަމާލުވެ، ރޯދަ ހިފާއިރު ރަނގަަޅަށް ހައިޑްރޭޓުވެ ހުރެ ހިފުމަކީ މުހިންމު ކަމެކެވެ.
ގެއްލުންހުރި ކާނާ ކެއުން މަދު ކުރުން
ރޯދަމަހު ގިނަ ގޭގޭގައި އާންމުގޮތެއްގައި ކައިބޮއި އުޅޭނީ ތެލުލި ހެދިކާގެ ބާވަތްތަކާއި ތަފާތު އެކިކަހަލަ ފޮނި ކާތަކެއްޗެވެ. މި އެއްޗެހި ކެއުމުން މީހާގެ ބަނޑަށް މާ ބަރުވެ، ސިއްހަތަށް ގެއްލުން ވާ ފަހަރުވެސް އާދެއެވެ. އަދި އެގޮތަށް ދިމާވާ ބައެއް މައްސަލަތަކުގެ ސަބަބުން އަނެއް ދުވަހު ރޯދައަށް ހުންނަ އިރު މާ ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވި ރޯދައަށް ހުންނަންވެސް އުނދަގޫވެއެވެ. ވީމާ މިފަދަ ކާއެއްޗެހީގެ ބަދަލުގައި ތަރުކާރީ އާއި މޭވާ އިން ހަދާފައި ހުންނަ، ހަށިގަނޑަށް ފައިދާހުރި އެއްޗެހި ކެއުމަށް ސަމާލު ވުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު