މަރްޔަމް ނަހްދާ ވަޙީދު   14 މާރިޗު 2025 - 3:30
ޤުރުއާން ކިއަވަނީ، ގޫގުލް އިމޭޖެސް
ޤުރުއާން ކިއަވަނީ، ގޫގުލް އިމޭޖެސް
ރޯދަމަހަކީ ވަރަށް މާތް އަދި މަތިވެރިވެގެންވާ މައްސަރެކެވެ. ރޯދަމަހު ރޯދަކުރުކުރުމަށް ތަފާތު އެކި ކަންތައް ކޮށް އުޅެއެވެ. އެގޮތުން ކުރާ ބައެއް ކަންކަމުގެ ތެރޭގަައި ތަފާތު އެކިކަހަލަ ގޭމު ކުޅުމާއި، ފިލްމު ބެލުމާއި ފޮތް ކިއުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މިފަހަރު މި ހިމަނާލަނީ ރޯދަ މަހުގެ ދަރުމަ އާއި ސަވާބު އިތުރަށް ހޯދަން ބޭނުންވާނަމަ މިކަންތަކުގެ ބަދަލުގައި ރޯދަ ކުރު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ގުރުއާން ކިއެވުން

ކީރިތި ގުރުއާން ބާވައިލެއްވީ ރޯދަމަހުގައެވެ. އެހެންވެ ރޯދަ މަހުގެ ދަރުމައާއި ސަވާބު ހޯދަން ބޭނުންވާނަމަ ރޯދަ ކުރު ކުރަން ގުރުއާން ކިއެވުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ ރޯދަ މަހެއްވެސް ފެށޭއިރު އެ އަހަރަކު ރޯދަ މަހު ގުރުއާން ކިޔަވަން ބޭނުންވާ މިންވަރެއް ކަނޑައެޅިދާނެއެވެ. މިހެން ހެދުމުން ހުސް ވަގުތެއް ލިބޭ މިންވަަރަކުން ތިމާ އަމިއްލައަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރަން މަސައްކަތް ކުރެވޭނެއެވެ. އަދި މިކަމުގެ ސަބަބުން މި މާތް މަހު ލިބޭ ދަރުމައާއި ސަވާބުވެސް އިތުރުވެގެން ދާނެއެވެ.

ޒިކުރު ކުރުން

ރޯދަ ކުރުކުރުމަށް ދެން ކުރެވިދާނެ އަނެއް ކަމަކީ ޒިކުރު ކުރުމެވެ. ޒިކުރު ކުރުމަކީ މާތްﷲ މަތިން ހަނދުމަކުރުމެވެ. ހުސްވަގުތެއް ލިބޭއިރަށް މާތްﷲ މަތިން ހަނދުމަކޮށް، ދުއާ ކުރުން މަތީ ދެމިތިބެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ރޯދަމަހު ލިބޭ ދަރުމައާއި ސަވާބު އިތުރުވެގެންދާނެއެވެ.

ދީނީ ކަންކަމަށް ހޭލުންތެރިވުން

ރޯދަ ކުރުކުރުމަށް ކުރެވިދާނެ އަނެއް ހެޔޮ ކަމަކީ ދީނީ ކަންކަމަށް އަމިއްލަ ނަފްސު ހޭލުންތެރި ކުރުވުމެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ދީނީ ތަފާތު އެކި ލިޔުންތައް ކިއުމާއި، ދީނީ ދަރުސްތައް އަޑުއެހުން ހިމެނެއެެވެ. މިކަންތައް ކުރުމުން ދީނުގެ ކަންތައް ރަނގަޅަށް ދަސްވެ، މީހާ ދީނީ ކަންކަމަށް ސަމާލުކަން ދޭ ވަރު ބޮޑުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން