މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެނި ކަމަށްވާ އަނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާއަށް ދިޔައިރު، އަމްބާނީ އާއިލާ އެހާ ރަނގަޅަކަށް ނުވެސް އެނގޭ ކަމަށް ހޮލީވުޑްގެ މަޝްހޫރު ސޯޝަލައިޓު އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން ބުނެފިއެވެ.
ކިމް މިހެން ބުނެފައިވަނީ "ދަ ކާޑޭޝިއަންސް" ގެ އެޕިސޯޑެއްގައެވެ. އެގޮތުން މި ސީރީސްގެ އެންމެ ފަހުން ނެރުނު އެޕިސޯޑުގައި އެ ކައިވެނީގެ މަންޒަރުތަކެއް ހިމަނާފައިވާއިރު، އަމްބާނީ އާއިލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކިމް ބުނެފައިވަނީ އެ ކައިވެންޏަށް ދިއައިރު އެ އާއިލާ އެހާ ރަނގަޅަކަށް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާއާ ގާތް ބަޔަކަށް އެ އާއިލާ އެނގޭކަން ކިމް ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ކިމް ބުނެފައިވަނީ އެ ކައިވެނީގެ ހަބަރު އޭނާއަށް ލިބުނީ މަޝްހޫރު ގަހަނާ ހަދާ ފަރާތެއް ކަމަށްވާ ލޮރައިން ޝްވާޓްސްގެ ފަރާތުން ކަމަށެވެ. ކިމް ބުނީ ލޮރެއިން އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި، އޭނާއަކީ އަމްބާނީ އާއިލާއަށް ގަހަނާ ހަދައިދޭ ފަރާތް ކަމަށެވެ. އަދި އެ ކައިވެންޏަށް ދާ ވާހަކަ ބުނަމުން އެ އާއިލާއިން ކިމް އަށްވެސް ދައުވަތު އަރުވަން ބޭނުންވެފައިވާކަން ލޮރެއިން ފާހަަގަ ކުރި ކަމަށް ކިމް ވަނީ ބުނެފައެވެ. އަދި އެ ކައިވެނި ހަފްލާއަށް ދާން ނިންމީ މި ސަބަބާހުރެ ކަމަށްވެސް ކިމް ވަނީ ބުނެފައެވެ.
ކިމް އިތުރަށް ބުނީ އަމްބާނީ އާއިލާއިން ފޮނުވި ދައުވަތު ފަދަ ދައުވަތެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށާއި، އެ ފެނުމުން މިއީ ވަރަށްވެސް ބޮޑު އިވެންޓެއްކަން އެނގިގެން ދިޔަ ކަމަށެވެ.
މި ކައިވެނި ހަފްލާ ބޭއްވީ މިދިޔަ އަހަރު ޖުލައި މަހު 12 ގައެވެ. މި ކައިވެނި ހަފްލާގައި ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރި ވިއެވެ.

ކިޔުންތެރިންގެ ހިޔާލު