އަގުހުރި އިނާމްތަކާއެކު އައްޑޫސިޓީގައި މިރަމަޟާން މަހު އަލަށް ފެށިގެން މިހާރު ކުރިއަށްދާ "އަލް މަރްޙޫމް މޫސާ ނާޞިރުގެ ހަނދާނީ ޤުރުއާން މުބާރާތް 1446" ބަލަން އަންނަ ފަރާތަކަށް ޢުމުރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޤުރުއާން މުބާރާތަކީ އައްޑޫސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ދީދީގެ ބައްޕަ، އަލްމަރްހޫމް މޫސާ ނާސިރުގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، މަރަދޫގައި ހުންނަ ކަސްޓަމްސް ސަދަން ރީޖަނަލް އޮފީހުގެ ހޯލުގައި މި މާރިޗް މަހުގެ 15އިން 18 އަށް ކުރިޔަށްގެންދާ މިމުބާރާތުގެ ފުރަތަމަ ބައިގެ ކިޔެވުން އިއްޔެ ފެށިފައިވާއިރު، އައްޑޫސިޓީގެ ހަ އަވަށަކުން 231 ބައިވެރިން ވަނީ މިމުބާރާތުގައި ބައިވެރިވެފައެވެ.

ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިންތަކެއް ކަނޑައެޅިފައިވާ މިމުބާރާތް ކުރިއަށްދާއިރު ކިޔެވުން އަޑުއަހަށް ޒިޔާރަށްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޤުރުއަތުން ޢުމުރާ ދަތުރެއްވެސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ދިވެހިންނަކީ ކީރިތި ޤުރުޢާން ކިޔަވާހިތްވާ އަޑުއަހާހިތްވާ ބަޔަކަށް ހެދުން ކަމަށް މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހާމަކުރެއެވެ. އަދި ރަށްތަކުގެ މެދުގައި ވާދަވެރިކަމާއެއްކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކުރުން ކަމަށް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރު އަހްމަދު ދީދީ ވިދާޅުވީ މިއީ މަރަދޫގެ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން އެއް ވައުދު ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ހެދުމަށް ވަރަށް ގިނަ ދީނީ ފަރާތްތަކާ މަޝްވަރާކުރެއްވި ކަމަށެވެ.

އަލްމަރްހޫމް މޫސާ ނާސިރުގެ ހަނދާނީ ޤުރުއާން މުބާރާތް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ވަގުތުން ލައިވްކޮށް ބެލޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި މުބާރާތް ’ވަގުތުން ލައިވް‘ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށްވެސް އިންތިޒާމް ކޮމިޓީއިން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން