ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލަށް ޒިޔާރަތް ކުރައްވައި، އެ ތަން ތަަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސް ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އާ ޓާމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ރައީސަށް ދެއްވާފައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު އާ ޓާމިނަލް ހުޅުވުމަށެވެ. އެކަމަށްޓަކައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން މިދިޔަ ޑިސެމްބަރު މަހު 40 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނެގި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކުރަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުން ނެވެ.
އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ވެސް ހިމެނޭ އިރު ސެލްފް ސާވިސް ޗެކިން ހިދުމަތް ވެސް ގާއިމު ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު