ދިރާސީ އާ އަހަރު ފެށޭއިރު ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވީ ނިމިދިޔަ ދިރާސީ އާ އަހަރު ނިމުނު އިރު ހުރިހާ ސްކޫލެއްގަައި މުދައްރިސުން ހަމައަށް ތިބި ކަމަށެވެ. ނަމަވެސް މިނިސްޓްރީއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިރާސީ އަހަރު ނިމި ޗުއްޓީއަށް ދިއުމަށްފަހު ބައެއް ބިދޭސީ ޓީޗަރުން އެނބުރި ނައުން ކަމަށް ޝިޕާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ މިކަމަށް އަބަދުވެސް މިނިސްޓްރީން ތައްޔާރަށް އޮންނަ ކަމަށާއި، އެނބުރިި ނާންނަ މުދައްރިސުންގެ ބަދަލުގައި އައު މުދައްރިސުން އަބަދުވެސް ރެކްރޫޓްކުރުމަށް ހާއްސަ ބެކަޕް ޓީޗަރުން ތިބޭކަމަށެވެ. އެހެންވެ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، އެކަން ހަމަޖެހިގެންދާނެ ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ.
އަދި މިނިސްޓްރީން އަބަދުވެސް ދިވެހި މުދައްރިސުންނަށް އިސްކަންދެއްވާކަމަށާއި، އެކަމަށް ޚާއްޞަ މަސައްކަތްތަކެއްވެސް ކުރަމުންގެންދާކަމަށް ޝިފާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ހުރިހާ ސްކޫލަކަށް ފޮތްތައްވެސް ހަވާލުކޮށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިހާރު މި މަސައްކަތް ކުރެވެމުންދާ ކަމަށާއި، ގްރޭޑް 4 އަދި 5 ގެ ފޮތްތައް ހަވާލުކުރުމަށް ކުޑަ ލަސްކަމެއް އައީ އެ ދެ ގްރޭޑުގެ މަންހަޖަށް އައި ބަދަލާއި ގުޅިގެން ފޮތްތައް ޗާޕުކުރުމަށް ލަސްކަމެއްގެ އައުމުގެ ސަބަބުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް މި ފޮތްތައްވެސް ކިޔެވުން ފެށެންވާއިރަށް ހަވާލުކޮށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިރާސީ އާ އހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް 6 ގައެވެ.

ކިޔުންތެރިންގެ ހިޔާލު