ރަސްމާލެ މަޝްރޫއުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ
ރަސްމާލެ މަޝްރޫއުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ
ރަސްމާލެ މަޝްރޫއުގެ 4 ސަރަހައްދަކުން 52.15 ހެކްޓަރު ބިން ހިއްކާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނެފައިވަނީ މިވަގުތު "އޭރިއާ ޑީ، އެފް، ޖީ އަދި އެލް" ހިމެނޭ ސަރަޙައްދުތަކުން 52.15 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައި ވާކަމަށެވެ. މި ސަރަހައްދުތަކުން ޖުމުލަ 378 ހެކްޓަރު ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އަދި "އޭރިއާ ޖޭ" ގައި ހިމެނޭ 29 ހެކްޓަރުވެސް ހިއްކާ ނިމިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިހާރު އިތުރު ސަރަހައްދުތައް ހިއްކުމަށް އެތަންތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތްކުރަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. މިމަސައްކަތް އަވަސްކުރުމަށް އިތުރު ކުންފުނިތަކާއި ގުޅިގެން ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީން ވެގެންދާނެ ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން