މި ރަމަޟާން މަހު ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ރެކޯޑު އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،632،214.03 (ހަތް މިލިޔަން ހަ ލައްކަ ތިރީސް ދެ ހާސް ދުއިސައްތަ ސާދަ ރުފިޔާ) ވަނީ ބަލައިގެންފައެވެ.
މިއީ ފާއިތުވެދިޔަ 4 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 އަދި 2023 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.6 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު ލިބިފައިވަނީ 3.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު މި މުއްދަަތުގައި ލިބުނީ 3.1 މިލިއަން ރުފިޔާއެވެ.
އެގޮތުން މިއަހަރަކީ ފާއިތުވި 4 އަހަރުތެރޭ އެންމެ ގިނައިން ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރު ކަމަށް ފާހަަގަ ކުރެވެއެވެ.
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާންމުކޮށް އެ އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.
ޒަކާތު ހައުސް އިން ވަނީ އެކި ގޮތްގޮތުން ފިތުރު ޒަކާާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ. އެގޮތުން، އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭއިރު ޒަކާތު ހައުސްގެ ކައުންޓަރަށް ޒިޔާރަތްކޮށްގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިން ޕްލެޓްފޯމްތަކުން ބަލައިގަނެވުނު ފިޠުރު ޒަކާތުގެ ތަފާސްހިސާބު (5 އަހަރު)#RoadhaigeRoohu #zakathousemv #maldiveszakathouse pic.twitter.com/tAGZadLi7r
— Maldives Zakat House (@ZakatHouseMv) March 24, 2025
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާންމުކޮށް އެ އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.
ޒަކާތު ހައުސް އިން ވަނީ އެކި ގޮތްގޮތުން ފިތުރު ޒަކާާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ. އެގޮތުން، އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭއިރު ޒަކާތު ހައުސްގެ ކައުންޓަރަށް ޒިޔާރަތްކޮށްގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ހިޔާލު