މި އަހަރު ބާއްވާ "ޑީޑީ ކަޕް 2025" ގެ އޮފިޝަލް އޮންލައިން މީޑިޔާ ޕާޓްނަރަކަށް ރަސް އޮންލައިން ހަމަޖެހިއްޖެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި އެންމެ މޮޅު ޓީމުތަކަށް ފައިސާގެ ބޮޑު އިނާމުތަކެއް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ދީދީ (ޑީޑީ) އިންތިޒާމު ކުރައްވައިގެން ބާއްވާ މުބާރާތެކެވެ.
އަހަރުތަކެއް ފަހުން އައްޑޫގައި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް ބާއްވާ މި މުބާރާތުގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ކޮންމެ ޓީމަކުންވެސް 5000 ރުފިޔާ ދައްކަން ޖެހެއެވެ.
ޓީމުތަކުން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހު އައްޑޫ ސިޓީ މަރަދޫގައެވެ.
މި މުބާރާތުގައި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޓީމުތަކުން ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ ރަން ވަނަ ހާސިލް ކުރާ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ޓްރޮފީ އަދި މެޑަލް ލިބިގެން ދާނެއެވެ. އަދި މުބާރާތުގެ ރަނާރ އަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމަކާއި، މެޑަލް ލިބިގެން ދާނެއެވެ. އަދި މީގެ އިތުރުންވެސް ތަފާތު އެކި އިނާމުތައް މި މުބާރާތުގެ ބައިވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
“ޑީޑީ ކަޕް 2025” އާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅު ވާނަމަ 7750435، 9769462 އަދި 7584241 އަށް ގުޅާލުމުން މައުލޫމާތު ލިބޭނެ އެވެ. އަދި ރަސް އޮންލައިނުން ވެސް މި މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް ލިބިގެންދާނެއެވެ.
އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ (ޑީޑީ) މަޖިލިސް ކެމްޕެއިންގައި އައްޑޫގެ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް މަރަދޫގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. އެގޮތުން ޑީޑީގެ އެއް ވައުދަކީ އައްޑޫސިޓީ މަރަދޫ ފުޓްބޯޅަ ދަނޑުގައި ބޮޑު ފުޓުބޯޅަ މުބާރާތެއް ބޭއްވުމެވެ. އަދި އެ ވައުދު އޭނާ ފުއްދަވަމުން ގެންދަވާއިރު މީގެ ކުރިންވެސް ޑީޑީ ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު