ސޮރީގެ ޝޫޓިންގެ ތެރެއިން ލާލި އާއި އެވްލީ، ފޮޓޯ: ޑައިރެކްޓަރު ނަހުލާ
ސޮރީގެ ޝޫޓިންގެ ތެރެއިން ލާލި އާއި އެވްލީ، ފޮޓޯ: ޑައިރެކްޓަރު ނަހުލާ
ދިވެހި ފިލްމު "ސޮރީ" ގެ ލީޑުން ފެނިގެންދާ ލާލި އަދި އެވްލީއާއެކު ލަވައެއް ކުޅެލަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

"ސޮރީ" ގެ ލަވައެއްގައި ބައިވެރިވެލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ސޮރީ ފިލްމުގެ އޮފިޝަލް ފޭސްބުކްގަައި ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން އެ ޕޯސްޓުގައި ބުނެފައިވަނީ ފިލްމުގެ ލަވައެއްގެ ޝޫޓިން އަށް 9 އަހަރާއި 12 އަހަރާ ދެމެދުގެ ގިނަ ކުދިން ބޭނުންވާކަމަށެވެ. މި ފުރުސަތު ހުޅުވާލާފައި މި ވަނީ ދެ ޖިންސުގެ ކުދިންނަށެވެ.

އެހެންކަމުން މި ލަވައިގައި ބައިވެރިވާން ބޭނުންވާނަމަ، 7844422 އަށް ގުޅާލުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެދިފައެވެ.

ޝޫޓު ކުރުމަށް ހަމަޖެހިފައިވާ "ސޮރީ ސިސްޓާރސް" މިޔާ މި ލަވައަކީ ލާލި އާއި އެވްލީ ގެ މުހިންމު ދައުރެެއް ފެނިގެންދާ ލަވައެއް ކަމަށް ބެލެވެއެވެ. އަދި މި ލަވައަށް ކުޑަކުދިން ބޭނުންވަނީވެސް މި ސަބަބާ ހުރެ ކަމަށް ބެލެވެއެވެ.

މި ފިލްމަކީ މި އަހަރު ނެރޭ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފިލްމު ކަމަށް ވުމާއެކު، މިއީ އެކްޓު ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ހުޅުވާލެވޭ ރަނުގެ ފުރުސަތެކެވެ.

"ސޮރީ" އަކީ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ނަހުލާ (ނަހޫ) ޑައިރެކްޓު ކުރާ ފިލްމެކެވެ. މީގެ ކުރިންވެސް ނަހުލާ ވަނީ މި ފިލްމަކީ ވަރަށް އަސަރުގަދަ ފިލްމެއް ކަމަށް ބުނެފައެވެ. ޓިކްޓޮކްގައި ހިއްސާ ކުރަމުންދާ ވީޑިއޯ ކްލިޕް ތަކުންވެސް މިކަން ހަމަ ވަރަށް ރަނގަޅަށް އެނގެއެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް އުފައްދާ "ސޮރީ" ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން މަހު 17 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން