ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިނިސްޓްރީން ވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިނިސްޓްރީން ވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރަކީވެސް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް ހަމަ އަހަރަކަށް ވާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ސްކޫލުތަކުގެ ކިޔެވުން ފެށިގެންދާއިރު ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ހަމަވެފައިވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު ދަރިވަރުންނަށް ފޮތްތައްވެސް ފޮނުވާފައިވާނީވެސް އެހެން އަހަރުތަކަށްވުރެ ފުރިހަމައަށް ކަމަށެވެ. އަދި ސްކޫލު ބަދަލުވާ ދަރިވަރުންނަށްވެސް ޕްލޭސްމެންޓު ހަމަޖެހުނުހާ އަވަހަކަށް ފޮތްތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް އެ ސްކޫލުތަކާ ގުޅިގެން ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދެވިގެންދާނީ މުދައްރިސުންނާއި، ބެލެނިވެރިން އަދި މުޅި މުޖްތަމައު ގުޅިގެން ކުރަމުންދާ މަސައްކަތުން ކަމަށެވެ. އެހެންކަމުން މިފެށޭ ދިރާސީ އަހަރަކީ އެންމެން ގުޅިގެން މިކަމަށް މަސައްކަތްކުރާ އަހަރެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ 7 އެޕްރިލް ގައެވެ. އަދި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.

ކިޔުންތެރިންގެ ހިޔާލު