ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ދަރިވަރުންނަށް ހިތްވަރުދެއްވައިފިއެވެ.
މިއަދު ފެށުނު ދިރާސީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ނައިބުރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް އަރިސްކުރައްވާފައެވެ.
ހަމައެއާއެކު ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބުރައީސް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.
އޭގެއިތުރުން މި އަހަރަކީވެސް ދަރީންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެކަމަށް އުންމީދު ކުރަށްވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ ނުވަދިހަ ހާހެއްހާ ދަރިވަރުންނާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު