ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ދުޢާ އަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާސިލު ކުރަމުންދާ ހުރިހާ ދަރިވަރުންނަކީވެސް އިސްލާމީ ހިދާޔަތުގެ ނޫރުން އުޖާލާވެފައިވާ ދަރިންތަކަކަށްވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު ދިރާސީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް ވަނީ ދިރާސީ އާ އަހަރުގެ ހެޔޮ އެދުމާއި ތަޙްނިޔާ އެންމެހައި ދަރިވަރުންނާއި، މުދައްރިސުންނާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ މެނޭޖްމަންޓުތަކާއި، އެންމެހާ ބެލެނިވެރިންނަށް ފޮނުއްވާފައެވެ.

އަދި އެމަނިކުފާނުގެ ދުޢާއަކީ ދިރާސީ އާ އަހަރަކީ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ފަސޭހަ ކާމިޔާބު އަހަރެއް ކަމުގައި ލެއްވުން ކަމަށާއި، ދިވެހި ދަރިވަރުންނަކީ އިސްލާމީ ހިދާޔަތުގެ ނޫރުން އުޖާލާވެފައިވާ، ފުރިހަމަ ރިވެތި އަޚްލާޤެއް ލިބިފައިވާ ދަރިވަރުންތަކެއް ކަމުގައި ލެއްވުން ކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ.



ދިރާސީ އާ އަހަރުގެ ތަހުނިޔާ ޤާސިމް ފޮނުއްވާފައިވާއިރު މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ ނުވަދިހަ ހާހެއްހާ ދަރިވަރުންނާއެކުގައެވެ. އޭގެތެރެއިން 84000 ދަރިވަރުން ކިޔަވަމުންދާނީ ސަރުކާރުގެ 217 ސްކޫލުގައި ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރު 180 ދުވަހު ކިޔަވައިދޭނެއެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ފުރަތަމަ ޓާމުގައި 81 ދުވަހު ކިޔަވައިދޭނެއެވެ. އަދި ދެވަނަ ޓާމުގައި ކިޔަވައިދޭނީ 99 ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން