"ސޮރީ" އަކީ މިހާތަނަށް އޭނާ އެންމެ ޔަޤީން ކަމާއެކު އަޅުވާ އެއް ފިލްމު ކަމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފިއެވެ.
ނަހުލާ މިހެން ބުނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ އޮފިޝަލް ޓްރެއިލާ ނެރުމަށް ރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުންނެވެ. ނަހުލާ ބުނީ މި ފިލްމަކީ މިހާތަނަށް އޭނާ އެންމެ ޔަޤީންކަމާއެކު އަޅުވާ ފިލްމު ކަމަށާއި، 99 ޕަސެންޓް މީހުންނަށް ފިލްމު ކަމުދާނެ ކަމަށެވެ.
"މިއީ އެންމެ ޔަގީންކަމާ އެކީ އަޅުވާ ފިލްމެއް މީގެ ކުރިން އަޅުގަނޑު ވަރަށް އެހެން ނުބުނަން، އަބަދުވެސް ބުނާނީ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ ބުނެފައި އަޅުގަނޑު ބުނާނީ، ފިލްމު ނިމިގެން ނުކުމެ ތިބޭފުޅުން ދޭ ޖަވާބަކަށޭ އަޅުގަނޑު އިންތިޒާރު ކުރާނީ، ވަރަށް ޔަގީންކަމާ އެކީ މިފަހަރު މި ބުނަނީ ފިލްމު ބަލާފައި ނުކުންނަ ނުވަދިހަ ނުވައެއް، ޑޮކްޓަރުން ވެސް ދެނީ ނުވަތަ ފަސަންޓް މީހުން ގަބޫލުކުރާނެ, މި ފެނުމަކީ ވަރަށް ރަނގަޅު ރީތި ވަރަށް އަސަރު ގަދަ ވަރަށް ރަނގަޅު އިބުރަތްތެރި ފިލްމެއް ކަމަށް،" ފިލްމާ މެދު އޮތް ޔަޤީން ކަން ހާމަކުރަމުން ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ މި ފިލްމަކީ ރާއްޖޭގައި ބޮޑުވެފައިވާ ޚާއްޞަ އަދި ހިތާމަވެރި މައްސަލައަކަށް އަލިއަޅުވާލާ، އިބުރަތްތެރި މެސެޖެއް ފޯރުކޮށްދޭ ފިލްމެއް ކަމަށެވެ.
"މިއީ ހުރިހާ ބޭފުޅުން ވެސް ބަލަންޖެހޭ ފިލްމެއް. ފިލްމު ބަލާ ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން ހަނދާނުން ފޮހެނުލެވޭނެ ފަދަ ފިލްމެއް މިއީ،" ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ ފިލްމާ ދޭތެރޭ މިފަދަ ޔަޤީންކަމެއް ލިބިފައިވަނީ ފިލްމު ނިންމުމުގެ ކުރިން ބައެއް ފަރާތްތަކަށް ދައްކާލައި، އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ. އަދި މީގެ ކުރިން އެހެން ފިލްމުތަކާ ޚިލާފަށް މި ފިލްމު ފުރިހަމަކޮށް ނިންމާލުމުގެ ފުރުސަތު ލިބުނު ކަމަށްވެސް ނަހުލާ ބުންޏެވެ.
"މި ފިލްމަކީ ހަމައެކަނި ބަލާލާފައި ނިމޭ ފިލްމެއް ނޫން. ފިލްމު ބަލާ ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ ވާހަކައާ ދޭތެރޭ ވިސްނަން މަޖުބޫރުވާނެ ފިލްމެއް،" އަސަރުގަދަ ކާމިޔާބު ގިނަ ފިލްމު ތަކެއް އޮލިމްޕަހަށް ގެނެސްދީފައިވާ ނަހުލާ ބުންޏެވެ.
މީގެ އިތުރުން "ސޮރީ" އަކީ ދިވެހި މުޖުތަމަޢުގައި ދިމާވެފައިވާ މުހިންމު މައްސަލައަކަށް އަލިއަޅުވާލާ ފިލްމެއް ކަމަށާއި، މި ފިލްމުން ވަރަށް ބޮޑު ޢިބުރަތެއް ލިބިގެންދާނެ ކަމަށްކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފައިވާ ދިވެހި ފިލްމް އިންޑަަސްޓްރީގައި އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ނަހުލާ ބުނެފައިވެއެވެ.
ރޭގެ މިހަފުލާގައި ފިލްމުގެ އޮފިޝަލް ޕޯސްޓަރު އަދި ބައެއް ލަވަތައް ވަނީ ނެރެފައެވެ. މީގެ އިތުރުން ފިލްމުގައި ހިމެނޭ ކާސްޓުން އާންމުންނަށް ދައްކާލައި އެކާސްޓުން ފިލްމާއި މެދު ދެކޭގޮތް ރޭ ވަނީ ހާމަކޮށްފައެވެ.
ފިލްމް “ސޮރީ“ އަކީ ނަހޫ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ، ޔޫއްޕެ، ލާލި، އެވްލީ އެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް މި ފިލްމުގައި ފެނިގެންދާނެއެވެ.
އޮލިމްޕަހުގައި ނަހުލާގެ ފިލްމެއް ނުފެންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ސޮރީ އަކީ ބްރޭކަކަށް ފަހު ނަހުލާ ނެރޭ ފުރަތަމަ ފިލްމެވެ.ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.

ކިޔުންތެރިންގެ ހިޔާލު