ޓްރާންސްޕޯޓް މިނިސްޓަރު އަމީން
ޓްރާންސްޕޯޓް މިނިސްޓަރު އަމީން
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖުލައި މަހު ފަށަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގާ ޓެކްސީ ފްލީޓްގެ ހިދުމަތް ދޭން އެކުންފުންޏާ ހަވާލުކުރީ މިިދިޔަ ފެބްރުއަރީ މަހު އެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޓެކްސީ ލައިންގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޓެކްސީ ލައިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިން ފަށަން އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

"ވެހިކަލްތައް ޗާޖުކުރުމާއި މެއިންޓެއިންކުރުމާއި މި ހުރިހާ ކަންތައްތަކަށް އެމްޓީސީސީގެ ސަރަހައްދުގައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމާފައިވަނީ އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެން ނެވެ.

މާލޭގައި ޓެކްސީއެއް ހޯދުން ދަތިކަމަކަށްވެފައިވާ އިރު ސަރުކާރުން ފަށާ ޓެކްސީ ލައިންއާއެކު ކު ޓެކްސީގެ ހިދުމަތަށް އެދޭތާ މިނެޓެއް ތެރޭ ހިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން