މާލޭގެ މަގުމަތި. (ފޮޓޯ: ފަހީމް، ރަސް އޮންލައިން)
މާލޭގެ މަގުމަތި. (ފޮޓޯ: ފަހީމް، ރަސް އޮންލައިން)
ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ވެހިކަލް އެތެރެ ނުކުރެވޭ ގޮތް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޕީއެސްއެމްގައި ރޭ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ވެހިކަލް އެތެރެ ނުކެރެވޭ ގޮތަށް ހަދާ ގަވައިދު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާނެ ކަމަށެވެ.

އެގޮތުން 90 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ދެން ވެހިކަލެއް ރާއްޖެ އެތެރެކުރެވޭނީ ހުއްދަ ނަގައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަމިއްލަ ބޭނުމަށް ނޫނީ އެހެން ބޭނުމަކަށް ވިޔަސް ގެންނަވާކަމަށް ވަންޏާމު އެ ވެހިކަލް ރަޖިސްޓްރީ ކުރާނެ ތަނެއް އޮންނަން ޖެހޭނެ. އެ ހުއްދަ އޮންނަން ވާނެ. ނޫނިއްޔާމު ވިޔަފާރި އުސޫލުން ކުރާ ކަމަށް ވަންޏާމު އެ [ވެހިކަލް] ގެނެސް ރައްކާ ކުރާނެ ތަނެއް އޮންނަން ވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި މިހާރުވެސް ޕާކު ކުރާނެ ވަކި ތަނެއް ނެތި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖު ސިޓީއެއް ހޯދައިގެން ރަޖިސްޓްރީކޮށް މާލޭގެ މަގުތަކުގައި ދުއްވައެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގަރާޖެއް އޮވެގެން ނޫނީ ވެހިކަލްތައް ރަަޖިސްޓްރީ ނުކޮށްދޭ ގޮތަށް އުސޫލު އޮތް ނަމަވެސް އެއް ގަރާޖަކަށް އެތައް ވެހިކަލެއް އޮންނަނީ ރަޖިސްޓްރީކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން