ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން
ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން
މާލޭ ސަރަހައްދުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި "މާލެ ފަހި" ޕުރޮގުރާމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

އެގޮތުން އެޗްޑީސީއާއި ގުޅިގެން 15 ޕާކިން އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި އިމާރާތްތަކަކީ 4000 އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިން އިމާރާތްތަކެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ތެރެއިން ބައެއް އިމާރާތްތަކުގެ މަސައްކަތް އަހަރެއްހާ ދުވަސްތެރޭ ނިމޭނެ ކަމަށެވެ. މި އިމާރާތްތަކުން ޕާކިން އަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީކުރާ އުސޫލުންނެވެ.

ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމާއި، އުޅަނދުތަކުގެ އުމުރު ކަނޑައެޅުމާއި، ޕާކިންއަށް ހާއްސަ ސަރަޙައްދުތައް ކަނޑައެޅުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން