ޞިއްޙީ ވުޒާރާއާއި ގުޅިގެން ތިނަދޫ ސިޓީގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މި ކޭމްޕު ބާއްވަން ހަމަޖެހިފައި ވަނީ ތިނަދޫ ސިޓީގެ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން މިމަހުގެ 24 އިން 26 ކުރިއަށެވެ. މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ އަށް ޑޮކްޓަރުން ހިމެނެއެވެ.
މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:-
ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރު އާއިޝަތު އަޒުނާ، އާއްމު އަދި ލެޕަރޯސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރު، އަބުދުﷲ ޢުބައިދު، ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރގެ ޚާއްޞަ ޑޮކްޓަރު މުހައްމަދު ވަހީދު، އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރު އިބްރާހީމް އާދިލް، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު، މުހައްމަދު ޝިފާން، ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާފީ، ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރު އަބުދުﷲ އަދްޡަރު އަދި ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރު އަސްއަދު މުހައްމަދު ޝަހީދު
މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީންދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ. މި ޓީމުގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މިއީ ޞިއްޙީ ވުޒާރާ އަދި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު