ރައީސް މުއިއްޒު
ރައީސް މުއިއްޒު
ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހި ބަސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމަށެވެ.

އަދި ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުކުރެއްވުމަށް ކަމަށެވެ.

އަދި އެހެން ބަސްބަހާއި އިލްމުތަކަށް އިސްކަންދޭ ފަދައިން ދިވެހި ބަހަށް ލޯބިކޮށް ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަަށް ވެސް ރައީސް މުއިއްޒު އިލްތިމާސްކުރައްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން