ވެލާނާ އިންޓަ އެއާޕޯޓު ނިންމަން ސައުދީ ޑިވޮލޮޕްމަންޓް ފަންޑުން 17 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތަން ބިން އަބްދުއްރަޙްމާން އަލް މުރްޝިދު އެވެ.
މިއީ ވީއައިއޭ ތަރައްގީކުރަން 2016 ވަނަ އަހަރު ބޮޑު މަޝްރޫއު ފެށިފަހުން އެއާޕޯޓް ނިންމަން ސައުދީ ފަންޑުން އެހީ ދިން ދެވަނަ ފަހަރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސަ ޒަމީރު ވިދާޅުވީ އެއާޕޯޓް ނިންމުމުގެ ކަންކަން ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެއާޕޯޓް ނިންމުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ ވީއައިއޭ ތަރައްގީކުރުމުގެ މަޝްޜޫއު ނިންމަން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު