މީސްމީޑިޔާގައި މިހާރު އެންމެ މަގުބޫލު، ޓިކްޓޮކުން ދިވެހިންނަށް އާމްދަނީ ލިބޭނެ ގޮތަކާއި ބެހޭ ގޮތުން އެ މަންސައިގެ އިސްވެރިންނާ ދިވެހި ސަރުކާރާ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޓިކްޓޮކްގެ އިސް ވަފްދާއި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދެމެދުގައެވެ. އިގުތިސާދީ ވުޒާރާއިން ބުނީ، ޓިކްޓޮކްގެ އިސް ވަފުދާ މިއަދު އެ ވުޒާރާގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ.

ސަރުކާރުން ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ޓިކްޓޮކުގެ އެކަށީގެންވާ އެއްބާރުލުމެއް ހޯދައި، ޑިޖިޓަލް ފައިސާ ހޯދުމުގެ އާ މަގުތަކެއް ހުޅުވުމަށް ކަމަށެވެ. އަދި ފުރިހަމަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއް ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްްމަދު ސައީދު މީގެ ކުރިން ވަނީ ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މޮޅެތި އުފެއްދުންތެރިން އެބަ ތިބި ކަމަށާއި އާޓިސްޓުންނާއި މިއުޒިޝަނުންނާއި އަމިއްލަ އުފެއްދުންތައް އުފައްދާ މީހުން ވެސް އެބަ ތިބި ކަމަށެވެ. އެމީހުންގެ އުފެއްދުން ތަކަށް ބައިނަލްއަގުވާމީ މަންސަތަކުން އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަކީ ސަރުކާރުގެ މުހިންމެ އެއް އަމާޒެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން