ސްޓޭޖު ޒީރޯގައި ކެންސަރު ބަލި ދެނެގަނެވިއްޖެނަމަ އެ ބައްޔަށް ފަސޭހަކަމާއެކު ފަރުވާ ލިބޭ ކަމަށް ބޮލީވުޑްގެ ތަރި ސޯހާ އަލީ ޚާން ބުނެފިއެވެ.
ސޯހާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ މަންމަ އަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނުގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ސޯހާ ބުނެފައިވަނީ އޭނާގެ މަންމަ އަދި ބޮލީވުޑްގެ ވެޓެރަން ތަރި ޝަރްމިލާ ޓާގޯރު އަށް ކެންސަރު ބަލި ޖެހިފައިވާކަން ދެނެގަނެވުނީ ފުއްޕާމޭގެ ކެންސަރުގެ ސްޓޭޖު ޒީރޯގައި ވަނިކޮށް ކަމަށެވެ.
އެހެންވެ ބައްޔަށް ފަރުވާ ހޯދަން ވަރަށް ފަސޭހަވިކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ މިއީ ވަރަށް މަދު ބަޔަކަށް ލިބޭ ނަސީބެއް ކަމަށާއި، އެހާ އަވަހަށް މި ބަލި ދެނެގަނެވުމުން ކީމޯތެރަޕީވެސް ނުނަގާ ބަލިން ފަސޭހަވެވުނު ކަމަށެވެ.
އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކެންސަރު ބަލީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސްރީނާތު ބުނީ ފުއްޕާމޭގެ ކެންސަރުގެ ޒީރޯ ސްޓޭޖުގައި އެބްނޯމަލް ސެލްތައް ފެންނަން ހުންނާނީ ހަމައެކަނި ފުއްޕާމޭގެ މަތީ ފަށަލާގައި ހުންނަ ޓިޝޫތަކުގައި އެކަނި ކަމަށެވެ. އެެހެންވެ މި ސްޓޭޖުގައި ބަލި ދެނެގަނެވުމުން ފަރުވާ ދޭން ފަސޭހަވާކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ޝަރްމިލާއަށް ފުއްޕާމޭގެ ކެންސަރު ޖެހި އެބަލި ސިއްރިއްޔާތުގައި ތަހައްމަލު ކުރަމުންދިޔަކަން ހާމަ ވެފައިވަނީ 2023 ވަނަ އަހަރުއެވެ. ނަމަވެސް އޭނާ ބޭރުތެރޭގައި އުޅޭއިރު، އޭނާގެ ކިބައިން މިފަދަ އެއްވެސް އަލާމަތެއް ފެނިފައި ނުވާތީ މި ހަބަރުގެ ސަބަބުން އެތައް ބަޔަކަށް ސިހުން ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު