ބެންކޮކަށް ދިޔަކަން އާއިލާއަށް ފޮރުވަން ޕާސްޕޯޓުގެ ގަނޑުތައް ވީދި މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ އަވައްޓެރި އިންޑިޔާގެ ޕޫނޭގެ ރައްޔިތެއް ކަމަށްވާ ވިޖޭ ބަލެރާއޯ، 51، އެވެ. މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކޮށްފައި ވަނީ ބެންކޮކަށް ކުރާ ދަތުރުތައް އާއިލާއަށް ފޮރުވުމަށް ޕާސްޕޯޓްގެ ގަނޑުތަކެއް ވީދި ކަމަށް ބުނެ އެވެ.
އެއާޕޯޓުގައި ހަރަކާތްތެރިވަމުންދިޔަ އިމިގްރޭޝަން އޮފިސަރުން ހޯމަ ދުވަހުގެ ވަގުތެއްގައި ބަލެރާއޯ ހިފަހައްޓާފައި ވަނީ ރޫޓިން ވެރިފިކޭޝަންގެ ތެރޭގައި ޕާސްޕޯޓްގެ ބައެއް ގަނޑުތައް މަދުކަން ފާހަގަވުމުންނެވެ.
މިކަމާ ގުޅިގެން ސުވާލު ކުރުމުގެ ތެރޭގައި ބަލެރާއޯ ވަނީ މިދިޔަ އަހަރު ބެންކޮކަށް ކުރި ހަތަރު ދަތުރުގައި ތައިލެންޑްގެ އެންޓްރީ އާއި އެގްޒިޓް ސްޓޭމްޕް ޖަހާފައިވާ ގަނޑު ގަސްތުގައި ވީދި ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ ވަނީ ދާދި ފަހުން އިންޑޮނޭޝިއާ އިން މި މަހުގެ ކުރީކޮޅު އެނބުރި އައިސް، މުމްބާއީގެ އިންޓަނޭޝަނަލް ޓާމިނަލް މެދުވެރިކޮށްވެސް ދަތުރުކޮށްފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ބަލެރާއޯގެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ބާރަތިޔާ ނިޔާ ސަންހިތާ އާއި ޕާސްޕޯޓް ގާނޫނުގެ މާއްދާތަކުގެ ދަށުންނެވެ. މި މައްސަލައިގެ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު