އަތޮޅުތަކުން މާލެއަށް ދަރިވަރުން ހިޖުރަކުރުން އިތުރުވެ އެއް ދަންފަޅިއަށް މާލޭގެ ސްކޫލުތައް ކުރިއަށް ގެންދަން ދަތިވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއަކަށް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 2013ގައި އަތޮޅުތަކުން 800 އެއްހާ ދަރިވަރުން މާލެ ބަދަލުވާކަން ފާހަގަކުރެވުނު ނަމަވެސް މިދިޔަ އަހަރު 1100 ދަރިވަރުން އަދި މި އަހަރު ވެސް 1000 ދަރިވަރުން ބަދަލުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މާލޭގެ ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގައި ވަކި އުސޫލެއް ނޯންނައިރު އެދޭ ކޮންމެ ކުއްޖަކަށް ވެސް ޖާގަ ދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެހާ ގިނަ ދަރިވަރުން އަތޮޅުތަކުން މާލެ ބަދަލުވަމުންދާއިރު ގޮން ޖެހުންތައް ވެސް ދިމާވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެގޮތުން އެއް ސެޝެނަށް ހުރިހާ ސްކޫލުތަކެއް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި މާލޭގެ ސްކޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިކަން ހައްލުކުރުމުގެ ގޮތުން އަޅުގަނޑުމެން ވާނީ މާލޭ އޭރިއާގައި މަސައްކަތްތަކެއް ފައްޓާފައި. މިދިޔަ އަހަރު ތެރޭގައި އަޅުގަނޑުމެން މަސައްކަތް ފެއްޓި ސްކޫލު މި އަހަރުގެ ނޮވެމްބަރު މަހާ ހިސާބުގައި އިރާދަކުރެއްވިއްޔާ ނިމިގެން ދާނެ. އަދި މިޔާ އެކުގައި ވެސް މި އަހަރު އެންމެ މަދުވެގެން ފޭސް އެކެއްގައި އެއް ސްކޫލު ފޭސް ދޭއްގައި އެއް ސްކޫލު އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ، އެކަމަކު ދެން މި ތިން ސްކޫލުގެ މަސައްކަތް ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވުނު ކަމުގައި ވިޔަސް އަޅުގަނޑު ނުދަންނަވަން މިހާރު މައިގްރޭޝަން ޓްރެންޑް މި ހުރި ގޮތުން އަޅުގަނޑުމެން ހުރިހާ ސްކޫލެއް އެއީ އެއް ސެޝަންގެ ސްކޫލުތަކުގެ ގޮތުގައި ހާއްސަކޮށް ހުޅުމާލޭގައި ކުރިއަށް ގެންދެވިދާނެ ކަމަކަށް ނުބެލެވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު