މިހާތަނަށް 56 ރެސްކިއު ޑައިވަރުން ތަމްރީންކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާއެކު" ނަމުގައި ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ "ޕޮޑްކާސްޓް"ގެ ތިންވަނަ އެޕިސޯޑުގައި މިއަދު ރައީސް ވިދާޅުވީ ކަނޑުމަތީގައި މަސްވެރިންނަށް ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުންދާ ކަަމަށެވެ.
އަދި އެފަދަ ހާދިސާތަކުގައި މީހުން މަރުވުމުގެ ހާދިސާތައް ވެސް ހިނގާފައިވާތީ "ރެސްކިއު ޑައިވިން" ގެ ނަމުގައި ކޯސްތަކެއް މި ސަރުކާރުން ފެށިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެގޮތުން އަމާޒު ހިފައިފައި އޮތީ ކޮންމެ ދޯންޏެއްގައި ވެސް ތަމްރީން ކުރެވިފައި ހުރި އެއް ރެސްކިއު ޑައިވަރަކު ބެހެއްޓުންކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެތެރެއިންވެސް މި އަހަރު މިހާރު މިހާތަނަށް 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވިއްޖެ. ދެން މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އެކަން ފުޅާވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
މި އަހަރު ކުރީކޮޅު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްދޯނިތަކުގައި މަސައްކަތްކުރާ 80 ފަޅުވެރިން މިއަހަރު ރެސްކިއު ޑައިވަރުންގެ ގޮތުގައި ތަމްރީނު ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު