”އަލްމަރުހޫމް މޫސާ ނާޞިރުގެ ހަނދާނީ ޤުރްއާން މުބާރާތް 1446“ ގެ ނިމުމުގެ ރަސްމިއްޔާތް ބާއްވައި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުތައް ދީފިއެވެ.
ހުރިހާ އުމުރުފުރާއަކަށްވެސް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ޤުރުއާން މުބާރާތުން އެކި އުމުރުފުރާތަކުން ބަލައިގެން ކިޔުމުގެ ބައިންނާއި ނުބަލައި ކިޔުމުގެ ބައިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. އަދި މުބާރާތް ކުރިޔަށް ގެންދިޔައިރު އަޑުއަހަން ދިޔަ މީހުންގެ މެދުގައި ގުރު ނަގައި އެކަކަށް ޢުމްރާ ދަތުރެއްވެސް ވަނީ ދީފައެވެ.
7 އަހަރާއި 9 އަހަރާއި ދެމެދުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ނަވާލް ޙުސައިން މުޙައްމަދު، ރިސީވަރ / ސ.ހުޅުދޫ އެވެ. މި އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ޔުމްނު އިސްމާއީލް ރަޝީދު، ކާމިނީގެ / ސ.ފޭދޫ އެވެ.
9 އަހަރާއި 11 އަހަރާއި ދެމެދުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ޢާއިޝަތު އައިރީން ޙުސައިން ރަޝީދު، ފްލާވަރުގެ / ސ.މަރަދޫ އެވެ. ފިރިހެން، 1 ވަނައަށް ގޮސްފައި ވަނީ ކިޔާން މުޙައްމަދު ފަސީހް، ގުލްޒާރުގެ / ސ.ފޭދޫ އެވެ. މި އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން، ފިރިހެން، 1 ވަނައަށް ގޮސްފައި ވަނީ މުޙައްމަދު ޙައްޔާން، ބޮންތި / ސ.މީދޫ އެވެ. ނުބަލައި ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ޙިލްޔާ ބިންތު ޝަމްޢޫން، މުރިނގު / ސ.މަރަދޫ އެވެ.
11 އަހަރާއި 13 އަހަރާއި ދެމެދު ބަލައިގެން ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ މަރްޔަމް އަޝާ ލަތީފް، ޑިލައިޓް / ސ.ހިތަދޫ އެވެ. މި އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން، ފިރިހެން، 1 ވަނައަށް ގޮސްފައިވަނީ ނޫޙް ބިން މުޙައްމަދު ޠައްޔިބު، ދޮންދީދީމަންޒިލް / ސ.މީދޫ އެވެ. އަންހެން 1 ވަނައަށް ގޮސްފައި ވަނީ މަލްކާ މުހައްމަދު ހަބީބް، ވާދީ / ސ.ފޭދޫ އެވެ.
13 އަހަރާއި 16 އަހަރާއި ދެމެދު ބަލައިގެން ކިޔެވުމުގެ ގޮފިން، ފިރިހެން، 1 ވަނައަށް ގޮސްފައި ވަނީ މުޙައްމަދު މީކާއީލް މައުސޫމް، މޫންވޭކް / ސ.މަރަދޫފޭދޫ އެވެ. އަންހެން، 1 ވަނައަށް ގޮސްފައި ވަނީ އާމިނަތު އަލްވީ އިމްތިޔާޒް، ބަހާރު / ސ.މަރަދޫފޭދޫ އެވެ. މި އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން، ފިރިހެން، 1 ވަނައަށް ގޮސްފައި ވަނީ އަރީކް ހާދީ މުޙައްމަދު، ކެކުރިގެ / ސ.ހިތަދޫ އެވެ. އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ނަވާރު ބިންތި އަޙްމަދު، ވެލްކަމްވިލާ / ސ.މަރަދޫފޭދޫ އެވެ.
16 އަހަރާއި 21 އަހަރާއި ދެމެދު ބަލައިގެން ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ނާވިޔާ ހަސަން ހުސައިން، ފިންލޭންޑް / ސ.ހިތަދޫ އެވެ. މި އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން، ފިރިހެން، 1 ވަނައަށް ގޮސްފައިވަނީ ޢަބްދުއްރަޙްމާން ބިން ޢަބްދުﷲ، ކަށިމާގެ / ސ.މަރަދޫ އެވެ. މި އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ ފާޠިމަތު މަލްދާ ޙަލީމް، އަބާން / ސ.މީދޫ އެވެ.
21 އަހަރުން މަތި ބަލައިގެން ކިޔެވުމުގެ ގޮފިން، އަންހެން، 1 ވަނައަށް ގޮސްފައި ވަނީ އާމިނަތު ސާތިޔާ، ކޯޒީކޯނަރ / ސ.މަރަދޫފޭދޫ އެވެ. އަދި މި މުބާރާތުގައި ބައިވެރިވި ފިރިހެން ޙާފިޡުންގެ ބައިން 1 ވަނައަށް ގޮސްފައިވަނީ މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ / ސ.މަރަދޫ އެވެ.
އަވައްތަކުގެ ބައިން އެއްވަނައަށް ގޮސްފައި ވަނީ ފޭދޫ އަވަށު އޮފީހެވެ.
ޤުރްއާން މުބާރާތުގެ ކިޔެވުން އަޑުއަހަން ދިޔަ މީހުންގެ ތެރެއިން ނަސީބުވެރިފަރާތަކަށް ހޮވިފައިވަނީ މުހައްމަދު ވަހީދުއެވެ. އޭނާއަށް ވަނީ ޢުމްރާ ދަތުރެއް ލިބިފައެވެ. އަދި މުބާރާތުގެ އެކި ގޮފިތަކުން 1 ވަނަ ހޯދި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުގެ ނަސީބްވެރިފަރާތަކަށް ހޮވިފައި ވަނީ ޢަބްދުއްރަޙްމާން ބިން ޢަބްދުﷲ އެވެ. ދަ ޓްރެވެލާގެ ފަރާތުން ވަނީ އޭނާއަށް ޢުމްރާ ޕެކޭޖެއް ހަދިޔާ ކޮށްފައެވެ. އަދި ދަ ޓްރެވެލާގެ ފަރާތުން ހަދިޔާކުރި 50 އިންސައްތަ ޢުމްރާ ޕެކޭޖް ލިބިފައި ވަނީ މުޙައްމަދު އައިދިން ނަޖުމީއަށެވެ. ދަ ޓްރެވެލާގެ ފަރާތުން ހަދިޔާކުރި 25 އިންސައްތަ ޢުމްރާ ޕެކޭޖް ލިބިފައި ވަނީ ފާޠިމަތު މަލްދާ ޙަލީމަށެވެ.
އިބްރާހިމް ޝިޖާހް، ފޮނިމާގެ / ސ.މަރަދޫ ހަދިޔާކުރެއްވި ޢުމްރާ ދަތުރު ލިބިފައި ވަނީ އާމިނަތު ސާތިޔާ އަށެވެ.
ނިމްސާ ލިލް ހައްޖި ވަލް ޢުމްރާ ހަދިޔާކުރި 50 އިންސައްތަ ޢުމްރާ ދަތުރު ލިބިފައި ވަނީ ނަވާރު ބިންތި އަޙްމަދަށެވެ. ނިމްސާ ލިލް ހައްޖި ވަލް ޢުމްރާ ހަދިޔާކުރި 25 އިންސައްތަ ޢުމްރާ ދަތުރު ލިބިފައި ވަނީ ޢާއިޝަތު އައިރީން ޙުސައިން ރަޝީދަށެވެ.
އީކުއެޓާ ވިލެޖްގެ ފަރާތުން ހަދިޔާކުރި ގިފްޓް ވައުޗާރ ލިބިފައި ވަނީ މި ޤުރްއާން މުބާރާތުގެ އެކި ގޮފިތަކުން 3 ވަނަ ހޯދި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުގެ
ނަސީބްވެރިއަކަށް ހޮވުނު މުޙައްމަދު އަޔާން ޝަފީޒަށެވެ. މި ގިފްޓް ވައުޗާރ ލިބުނު ދެވަނަ ފަރާތަކީ ޤުރްއާން މުބާރާތުގެ އެކި ގޮފިތަކުން 2 ވަނަ ހޯދި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުގެ ނަސީބްވެރިއަކަށް ހޮވުނު ރިޒްލީނާ ޢަބްދުﷲ އެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި މާޗު މަހުގެ 15 އިން 18 އަށެވެ. މި މުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީގެ ބައްޕަ، އަލްމަރްހޫމް މޫސާ ނާސިރުގެ ހަނދާނުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މަރަދޫގައި ހުންނަ ކަސްޓަމްސް އިމާރާތުގައެވެ.
މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ދިވެހިންނަކީ ކީރިތި ޤުރުޢާން ކިޔަވާހިތްވާ އަޑުއަހާހިތްވާ ބަޔަކަށް ހެދުން ކަމަށް މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހާމަކުރެއެވެ. އަދި ރަށްތަކުގެ މެދުގައި ވާދަވެރިކަމާއެއްކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކުރުން ކަމަށް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު